ދުނިޔޭގެ ކޮންމެތާކު އަޅުގަނޑުމެން،
ދަތުރުމަތީވެސް އަޅުގަނޑުމެނާއި އެކު،
މުހިންމީ މިނިވަންކަމާއި ފަސޭހަކާއިއެކު ކިޔަވާލުން

2020 ވަނަ އަހަރާ ކުރިމަތިލާއިރު މިވަނީ ޓެކްނޮލޮޖީގެ ގޮތުން އާހަރުފަތްތަކެއް ގިރާކޮށް އަމިއްލަ ކޮޓަރީގަޔާއި ދަތުރުމަތީގައިވެސް އުނގެނުމުގެ ދާއިރާގައި ފަސޭހަކާއި މިނިވަންކަމާއިއެކު ޙަރަކާތްތެރި ވެވޭނެ މަގުތައް ފަހިކޮށްދީފައެވެ. ކުރިމަގުގައި އީ-ލާރނިންގ އަކީ އެންމެ ތަރުޙީބު ލިބޭނޭ ވަޞީލަތްކަމަށްވެސް ބެލެވެއެވެ. ދަރިވަރުންނާއި މުދައްރިސުންނަށް ފުރުޞަތުތައް ހުޅުވިގެންދާ މި ޓެކްނޮލޮޖީ ބާރު ދުވެލީގައި އަދިވެސް ދަނީ ފުޅާވެ ކުރިއަރަމުންނެވެ. މިއަދު ދަރިވަރާއި މުދައްރިސުން ދުނިޔޭގެ އެކިކަންކޮޅުގައި ތިބެ ފަސޭހަކަމާއިއެކު މުޢާމަލާތު ކުރުމުގެ ދޮރުތައް މިވަނީ ހުޅުވިފައެވެ.

ބޭނުންކުރުމުގެ ފަސޭހަކަން

ބުރަކޮށް މަސައްކަތުގައި އަދި ވަޒީފާތަކުގައި އުޅުއްވަމުން ލިބިލައްވާ ހުސްވަގުތުގެ ބޭނުން އެންމެ އެކަށީގެންވާގޮތުގައި ހިފުމަށާއި އަދި އެ ވަގުތުގެ ބޭނުން ހިއްޕަވައިގެން ދަސްކޮށްލާހިތްވެފައިވާ ކަމެއް ދަސްކޮށް ކުރިއަށްދިއުމަށް މީ ރަނުގެ ފުރުޞަތެކެވެ. މިގޮތުން އެންމެ ޒަމާނީ މޮބައިލް ފޯނާއި ޓެބްލެޓް އަދި ލެޕްޓޮޕްފަދަ މުއާސަލާތީ ކޮންމެ ވަޞީލަތެއް، ފަސޭހަކަމާއިއެކު މިކަމުގައި އެހީތެރި ވެދޭނެއެވެ. މިބާވަތުގެ ގުޅުންތަކުގައި ވީޑިއޯ އާއި އޯޑިއޯ (ފޮޓޯއާއި އަޑު) މުހިންމު ރޯލެއް އަދާކުރެއެވެ. މިދެންނެވުނު މުޢާޞަލާތުގައި ލިޔެކިޔުން ޙިއްސާ ކުރުމާއި ފޮޓޯ ބަދަލުކުރުމަކީ އެންމެ ފަސޭހަ އެއްވަޞީލަތެވެ.

އަޅުގަނޑުމެން އޮންލައިންކޮށް ކިޔަވައިދިނުމުގައި މިދެންނެވި ހުރިހައި ޓެކްނޮލޮޖީއެއް އެންމެ ފުރިހަމަޔަށް އެބަ ބޭނުންކުރަމެވެ.

އާންމު ކިލާހަކާ ހުރި ތަފާތު

ބޭނުންފުޅު ވަޤުތެއްގައި ބޭނުންފުޅުތާކު ހުންނަވައިގެން ސީދާ ބޭނުންފުޅު މުދައްރިސާއެކު އުނގެނުމަކީ މި ތަޅުމުގައި އެންމެ މުހިންމު އެއް އަސާސެވެ. އެހެންނޫންނީ އާންމު ކިލާހެއްގެ ކިޔެވުމާއި އެއްވެސް ތަފާތެއް ނެތެވެ. މި ޕްލެޓްފޯމުން ސީދާ މުއާސަލާތް އާންމު ކިލާހަކަށްވުރެ މާބޮޑަށް ފަސޭހަވެފައި، ކޮށި ދަރިވަރުންނަށް އިތުރު ގަޑިތަކުގައި އިތުރަަށް ތަމްރީނު ދިނުމުގެ ދޮރުތައް މާ ތަނަވަސް ވެފައިވެއެވެ.

ގޭތެރޭގައި އަވަދިނެތި އުޅުއްވަމުންވެސް ގަޑިޖެހޭއިރު ކިޔެވުމުގައި ބައިވެރިވުމާއި އަދި އިތުރު ސުވާލުތައް ކޮށް އޮޅުން ފިލުވުމުގެ މަގު މާ ބޮޑަށް ހުރިހައި ވަގުތަކު ހުޅުވިފައި އޮތުންވެސް މިއީ މުހިންމު ކަމެކެވެ.

ކުޑަކުދިންނަށްވެސް ކިޔަވައިދޭއިރު ސީދާ ބެލެނިވެރިއެއްގެ ޙާޟިރުގައި ކިޔެވުމުގެ ފުރުޞަތު ފަހިވުމާއިއެކު އެހީތެރިކަންވެސް ދެވޭނެއެވެ. މިއީ އިސްކޫލެއްގެ ކިލާހުގައި ނުކުރެވޭނެ ކަމެކެވެ. އަދި ކުއްޖާގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުމަށް ވަރަށް ފަސޭހަވެގެންދެއެވެ.